މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް އޮފީހުގެ ޕާޓިޝަނެއް ފަޅާލުމުން ބަންދަށް ތިން ދުވަސް

މާފަންނު ޕޮލިސް ސްޓޭޝަންގައި ހުރި ޕާޓިޝަނެއް ފަޅާލިކަމުގެ ތުހުމަތުގައި ދެ މީހެއްގެ ބަންދަށް ތިން ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހިމެނެނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖެހީ އިއްޔެ އެވެ.

އެ ދެ މީހުން ކުށެއްގެ ތުހުމަތުގައި މާފަންނު ޕޮލިސް ސްޓޭޝަނަށް ގެނެސްފައި ވަނިކޮށް ސްޓޭޝަންގައި ހުރި ޕާޓިޝަންގައި ފައިން ޖަހާ ގާތްގަނޑަކަށް އެއް ފޫޓު ހައިތަން ފަޅާލައި މުދަލަށް ގެއްލުންދިން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި މައްސަލައިގައި ތުހުމަތުކުރާ 22 އަހަރުގެ މީހާއަކީ ފުލުހުންނަށް ނުކިޔަމަންތެރިވުމުގެ ރެކޯޑް އޮތް މީހެކެވެ. އަދި 45 އަހަރުގެ މީހާއަކީވެސް ބަންދު ރެކޯޑް އޮތް މީހެކެވެ.