އާސަންދަ

އާސަންދައިން ބޭސް ނަގަން ފޯނަށް ކޯޑެއް

ހުސްނުވާ އާސަންދަ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނެގޭނީ ބޭސް ގަންނަ މީހާގެ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑު ޖެހުމުން ކަމަށް އާސަންދައިން ބުނެފި އެވެ.

އާސަންދައިން ބުނި ގޮތުގައި މި ބަދަލާއެކު އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ދެން ބޭސް ނެގޭނީ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑް ޖެހުމުންނެވެ.

"އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނަގަން ފާމަސީއަށް ދިއުމުން ފޯނަށް ލިބޭނެ ޑިސްޕެންސިން ކޯޑު ހިމެނޭ އެސްއެމްއެސް އެއް. މި ކޯޑު އެކްޕެއާ ވާނެ އެއް ގަޑިއިރުގެ ތެރޭގައި،" އާސަންދައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ބައެއް ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމަށްފަހު ދޭ ބޭސް ސިޓީއަށް އެ ކްލިނިކްގައި ހުންނަ ފާމަސީން އިން ބޭސް ނުނަގައި އެހެން ފާމަސީއަކަށް ދާއިރު ބޭސް ނަގާފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެވެ.

އާސަންދައިގެ ދަށުން ބޭސް ދޫކުރާ އުސޫލަށް ބަދަލު ގެނެސްފައިވާއިރު އާސަންދައަށް މިއަހަރުގެ މިހާތަނަށް ކުރި ހަރަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
May
SunMonTueWedThuFriSat
27282930123456789101112131415161718192021222324252627282930311234567