އެމްއެމްއޭ

ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު 49 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް

ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު 49 މިލިއަން ޑޮލަރު -- 755 މިލިއަން ރުފިޔާ ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން ބޭންކްތަކާއި ރެމިޓެންސް ހިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ދިވެހިން މިދިޔަ އަހަރު 12.7 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު ބިދޭސީން ވަނީ 36.3 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ.

ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ އިންޑިއާއަށެވެ. އެއީ ޖުމްލަ ރެމިޓެންސްގެ 18.1 ޕަސަންޓެވެ. ދިވެހިން ދެން އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ ފިލިޕީންސް އާއި ތައިލެންޑަށެވެ.

ބިދޭސީން އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ ބަންގްލަދޭޝަށެވެ. ބިދޭސީން ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ ތެރެއިން 47.1 ޕަސަންޓް ފޮނުވާފައިވަނީ ބަންގްލަދޭޝަށެވެ.

ރެމިޓެންސްގެ ގޮތުގައި ބިދޭސީން ދެން އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ ނޭޕާލާއި ފިލިޕީންސަށެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މިދިޔަ އަހަރު އިންވާޑް ރެމިޓެންސް ނުވަތަ ބޭރު ގައުމުތަކުން ރާއްޖެއަށް 2.3 މިލިއަން ޑޮލަރު ފޮނުވާފައިވެ އެވެ.