ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު 126 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 592.7 މިލިއަން ޑޮލަރެވެ.
ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޔޫޒަބަލް ރިޒާވްގައި ސެޕްޓެމްބަރު މަސް ނިމުނުއިރު 126.3 މިލިއަން ޑޮލަރު ހުރިއިރު މިއީ އޮގަސްޓް މަހު ޔޫޒަބަލް ރިޒާވްގައި ހުރި 150.7 މިލިއަން ޑޮލަރާ އަޅާބަލާއިރު 24.4 މިލިއަން ޑޮލަރު މަދުވުމެކެވެ.
ރަސްމީ ރިޒާވްގައި މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ހުރީ 694.2 މިލިއަން ޑޮލަރެވެ.
މިއަހަރު ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް މަހުން މަހަށް
- ޖެނުއަރީ: ރަސްމީ ރިޒާވް 790 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 253.8 މިލިއަން ޑޮލަރު
- ފެބްރުއަރީ: ރަސްމީ ރިޒާވް 795.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 235.4 މިލިއަން ޑޮލަރު
- މާޗް: ރަސްމީ ރިޒާވް 764.6 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 200.2 މިލިއަން ޑޮލަރު
- އެޕްރީލް: ރަސްމީ ރިޒާވް 756.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 151.3 މިލިއަން ޑޮލަރު
- މޭ: ރަސްމީ ރިޒާވް 748.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 147.7 މިލިއަން ޑޮލަރު
- ޖޫން: ރަސްމީ ރިޒާވް 702.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 168.1 މިލިއަން ޑޮލަރު
- ޖުލައި: ރަސްމީ ރިޒާވް 594.1 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 125 މިލިއަން ޑޮލަރު
- އޮގަސްޓް: ރަސްމީ ރިޒާވް 694.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 150.7 މިލިއަން ޑޮލަރު
ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.