ކަނޑުމަތީގެ ހާދިސާ

ގެމަނަފުށި ފަޅުތެރޭގައި މަސް ހިފަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުމުން މަރުވެއްޖެ

ގއ. ގެމަނަފުށި ފަޅުތެރޭގައި މަސް ހިފަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުމާ ގުޅިގެން އެ މީހާ މަރުވެއްޖެ އެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި މިރޭ މިހާދިސާ ހިނގީ ދަގަނޑު ހިފައިގެން މަސް ހިފަން މި މީހާ މޫދުގައި އޮއްވާ ގެމަނަފުށި ފަޅުތެރެއަށް ވަންނަން އައި ލޯންޗު މި މީހާގެ ގައިގައި ޖެހި އަނިޔާވުމާ ގުޅިގެންނެވެ.

މި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.