ގއ. ގެމަނަފުށީ ފަޅުގައި އޮތް ލޯންޗެއްގެ ބެޓަރި ގޮވައި އޭގައި ތިބި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:00 ހާއިރު ގެމަނަފުށީ ފަޅުގައި އޮތް ލޯންޗެއްގައި މަސައްކަތް ކުރަމުން ދަނިކޮށް އޭގެ ބެޓަރީ ގޮވައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާ ކަމަށާއި ގެމަނަފުށީ ހޮސްޕޮޓަލުގައި އެ ދެ މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެކަމާ ގުޅޭ ގޮތުން ގެމަނަފުށީ ހޮސްޕިޓަލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.