ކްރިމިނަލް ކޯޓް

ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވި މީހާ ދެ އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ ދެ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު މި ހުކުމް އިއްވީ ރ. އިނގުރައިދޫ ލެގޫންވިއު، ޝަމްއާން އަބްދުއްޝުކޫރު (22 އ)ގެ މައްޗަށެވެ.

މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ޝަމްއާން ދުއްވަމުން ދިޔަ ސައިކަލުން ޖެހިގެންނެވެ.

އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އޭނާ އިންޑިއާއަށް ގެންގޮސްވެސް ފަރުވާ ދީފައިވެ އެވެ. ފަރުވާއަށްފަހު ހަފީޒް މިހާރު ހުންނެވީ މާލޭގައެވެ.

މިއެކްސިޑެންޓާ ގުޅިގެން ޝަމްއާންގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

ދައުވާއާއި ގުޅިގެން ޝަމްއާން އާއި ދައުލަތާ ދެމެދު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ކޯޓުގައި ދައުވާއަށް އިއުތިރާފްވެފަ އެވެ. އެކަމަކު ހަފީޒް ގައިގައި ސައިކަލުން ޖެހުމަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ.

ޝަމްއާން ދެ އަހަރަށް ޖަލަށް ހުކުމްކުރި ނަމަވެސް މިކުށުގެ ތަހުގީގަށް އޭނާ ދުވަސްކޮޅަކު ބަންދުގައި ހުރެފައިވަތީ ޖަލުގައި އޭނާ ތަންފީޒުކުރަންޖެހޭނީ އެއް އަހަރާއި 10 މަހާއި 29 ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910