އުރީދޫ

ތިންވަނަ ކުއާޓަރުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި 523 މިލިއަން ރުފިޔާ

އުރީދޫ މޯލްޑިވްސްއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 523.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 4.4 ޕަސަންޓް އިތުރުވެފަ އެވެ.

އެ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 501.8 މިލިއަން ރުފިޔާ އެވެ.

އުރީދޫއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.

މޯބައިލް ހިދުމަތްތަކުން އާމްދަނީގެ ގޮތުގައި 401.7 މިލިއަން ރުފިޔާ އުރީދޫއަށް ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތުން 122 މިލިއަން ރުފިޔާ ލިބުނެވެ.

ޓެކުހަށް ކެނޑުމަށްފަހު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް ވަނީ 167.2 މިލިއަން ރުފިޔާ ފައިދާވެފަ އެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު އުރީދޫއަށް ވަނީ 158.2 މިލިއަން ރުފިޔާ ފައިދާވެފަ އެވެ.