ޓޫރިޒަމް

ގަދަ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިިލިއަނަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ 10 ގައުމުން މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުން މިއަހަރުގެ މިހާތަނަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާއިރު މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި 1.55 މިލިއަން ފަތުރުވެރިންގެ 64.8 ޕަސަންޓެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ކުރީގައި އުޅޭ ފަސް ގައުމުން އެކަނިވެސް 748،591 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 179،046 ފަތުރުވެރިން
  • އިންޑިއާ - 167،303 ފަތުރުވެރިން
  • ޗައިނާ - 165،785 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 125،813 ފަތުރުވެރިން
  • ޖަރުމަނު - 110،644 ފަތުރުވެރިން
  • އިޓަލީ - 92،121 ފަތުރުވެރިން
  • އެމެރިކާ - 60،411 ފަތުރުވެރިން
  • ފްރާންސް - 41،605 ފަތުރުވެރިން
  • ސްޕެއިން - 33،327 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 30،423 ފަތުރުވެރިން

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 12.9 ޕަސަންޓް ފަތުރުވެރިން އިތުރުވެފަ އެވެ.

ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 1،274 ފެސިލިޓީއެއް އޮޕަރޭޓް ކުރަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 924 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އާއި 14 ހޮޓާ ހިމެނެ އެވެ.