އިންޑިއާ

އިންޑިއާގެ އަށް މަސްވެރިން ފުރުވާލައިފި

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރިކަމުގެ ތުހުމަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތް އިންޑިއާގެ އުޅަނދުގައި ތިބި 12 މަސްވެރިންގެ ތެރެއިން އަށް މަސްވެރިން އިންޑިއާއަށް ފުރުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މިހާރުން މިހާރަށް އިންޑިއާއަށް އެނބުރި ދާން ބޭނުންވި އެ ގައުމުގެ އަށް މަސްވެރިން ގައުމަށް ދާން ކަންކަން ފަހިކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާ އުޅަނދުގައި ތިބި މަސްވެރިންގެ ތެރެއިން އަށް މަސްވެރިއަކު ފުރާފައިވާއިރު އިންޑިއާގެ މަސްވެރިން ދޫކޮށްލުމަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ ގޮވާލާފަ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އަތުލައިގަތް އިންޑިއާގެ އުޅަނދުގައި ޓެމިލް ނާޑޫގެ 12 މީހުން ތިއްބެވެ.