އައްޑޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ހާލު ސީރިއަސް ވެފައިވަނީ މާރާމާރީގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.
މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ.