ދިގުރަށް

ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖަކު ފެނިއްޖެ

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މި މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދެއްވާ ފުލުހުން އިތުރަށް ބުނީ ކުއްޖާ މަރުވެފައިވާ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ދިގުރަށުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.