މޯލްޑިވްސް ޕޮލިސް ސާވިސް

ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ދިގުރަށުން ފެނުނު ކުއްޖާގެ މަންމަ އަކީ އެ ރަށުގައި ހުރި ގެސްޓްހައުސްއެއްގައި މަސައްކަތް ކުރި ލަންކާ މީހެއް ކަަމަށްވެ އެވެ. ކުއްޖާ ފެނުނު ދުވަހު މިއަންހެން މީހާ ފުރައިގެން ދާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހައްޔަރުކޮށްފަ އެވެ.

ދިގުރަށު ކުނި ގޮނޑަށް ކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ މިމަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 9:00 ހާއިރު އެވެ.

ދިގުރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދެވުނުއިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.