ދިގުރަށް

ދިގުރަށުގައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެގެ ވަގުތެއްގައި ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

ދިގުރަށުން ފެނުނު ކުއްޖާގެ މަންމަ އަކީ އެ ރަށުގައި ހުރި ގެސްޓްހައުސްއެއްގައި މަސައްކަތް ކުރި ލަންކާ މީހެއް ކަަމަށްވެ އެވެ. ކުއްޖާ ފެނުނު ދުވަހު މިއަންހެން މީހާ ފުރައިގެން ދާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހައްޔަރުކޮށްފަ އެވެ.

ދިގުރަށު ކުނި ގޮނޑަށް ކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ މިމަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 9:00 ހާއިރު އެވެ.

ދިގުރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދެވުނުއިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.