އިލެކްޝަންސް ކޮމިޝަން

މާލޭގެ މޭޔަރު ކަމަށް ފުރަހަނި ޝުއައިބު ވާދަކުރައްވަނީ

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ޝުއައިބު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޝުއައިބުގެ ކެންޑިޑަސީ ގަބޫލުކޮށްފަ އެވެ. އަދި އެކަމުގެ ލިޔުން އެ ދުވަހު ހަވާލުކޮށްފަ އެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ޝުއައިބު ވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނާއިބު މުގައްރިރުގެ މަގާމު އަދާކުރައްވާފަ އެވެ.

ޝުއައިބު އެމްޑީޕީން ވަކިވީ އެ ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެންނެވެ.