މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލަކުގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވާ ފެނުނުގެ ކުއްޖާގެ ހާލު ސީރިއަސް

ފުވައްމުލައް ސިޓީގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވާ ރޭ ފެނުނު 14 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

އެ ސިޓީގައި ސައިކަލަކާއެކު ވެއްޓިފައި އޮތް ފިރިހެން ކުއްޖެއް ފެނުނީ ރޭ ދަންވަރު 3:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ މާލެގަން ބަހާރު މަގާޢި ގާޒީ މަގު ގުޅޭ ހިސާބުންނެވެ.

އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުވައްމުލައް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.