އުރީދޫ

އުރީދޫ ފަން ރަންގެ ލިމިޓެޑް ސްލޮޓަށް ހުޅުވާލައިފި

އުރީދޫ ފަން ރަން 2023ގެ ލިމިޓެޑް ސްލޮޓްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގައި ރަޖިސްޓްރީވާން ލިމިޓެޑް ސްލޮޓަށް ހުޅުވަލީ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށް އުރީދޫން ބުނެ އެވެ.

މި ދުވުމުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ބެލެވޭއިރު ރަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ދުވުންތެރިންނަށް މިހާރު މޫލީ މެދުވެރިކޮށް ބޭނުންވާ ފަން ރަން ކިޓަށް އޯޑަރުކޮށް ރެޖިސްޓްރީ ކުރެވޭނެ އެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބެހިފައިވޭ

  • 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ
  • 200 ރުފިޔާގެ ކިޓްގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ ބޭފުޅުން އަދި އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަންގައި ބައިވެރިވުމަށް އުރީދޫން ވަނީ ދައުވަތު އަރުވާފަ އެވެ.

އުމުރުން ހަ އަހަރުން މަތީގެ މީހުން މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.

މިއަހަރުގެ ރަން އަށް ތަފާތު އަދި މަޖާ ކަމެއްގެ ގޮތުގައި އުރީދޫއިން ބައިވެރިންނަށް ބިބް ކަސްޓަމައިޒްކޮށް ބިބްގައި ބޭނުން ނަމެއް ޖެހުމުގެ ފުރުސަތު ފަހިކޮށްދިނެވެ. ނަމަވެސް ދުވުމުގެ ތާރީހު ގާތްވެފައިވާތީ ބިބް ކަސްޓަމައިޒޭޝަން ގެ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މި ދުވުމުގައި ބައިވެރިވުމަށް މޫލީ މެދުވެރިކޮށް ފަން ރަން ކިޓަށް އޯޑަރު ކުރުމުން ރެޖިސްޓާ ކުރެވޭނެ އެވެ.