އަބްދުއްރަހީމް އަބްދުﷲ

އަދުރޭ އަނެއްކާވެސް ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން އެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރައްވައިފި އެވެ.

އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.

ދާއިރާގެ ރައްޔިތުންގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އޭނާ ވަނީ ފޮނަދޫ ދާއިރާގެ ގޮނޑި ދެ ދައުރެއްގައި ތަމްސީލުކުރައްވާފަ އެވެ.

ވަޒީރުންގެ ފެންވަރުގައި އަބްދުއްރަހީމް މިހާރު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގަ އެވެ.