ރަހީނު ކުރުން

މީހަކު ރަހީނުކުރުމުގެ ކުށުގައި ތިން މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިން ދިވެހިން ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ކުށުގެ ތުހުމަތުގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު ރަހީނުކުރި ތަނެއް ފުލުހުން ނުބުނެ އެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން މި އެންމެންގެ ބަންދަށްވެސް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.