މަސްވެރިކަން

ނޮވެމްބަރުގެ ނިޔަލަށް ދެ ބިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފި

ރާއްޖެއިން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 2.1 ބިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މަހެވެ.

ރާއްޖެއިން މިއަހަރު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތާޒާ އަދި ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެއްޔެވެ.

އެގޮތުން 1.4 ބިލިއަން ރުފިޔާގެ ތާޒާ އަދި ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެލި އެކްސްޕޯޓްކޮށްފައިވެ އެވެ.

މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 500 މިލިއަން ރުފިޔާގެ މަސް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެކްސްޕޯޓްކޮށްފައިވެ އެވެ.

އެމްއެމްއޭގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބައިނަލްއަގުވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއް ހުރީ 26.2 ރުފިޔާ އަށެވެ.