އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އެހެން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އާސަރަހާ ތަރައްގީކުރުމުގެ މަސައްކަތް މީގެ ކުރިން ހަވާލުކޮށްފައިވަނީ ޕީއެންފީ މޯލްޑިވްސްއާ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އިތުރު މުއްދަތު ދިނުމަށްފަހު އެއް މުއްދަތުގެ ތެރޭގައިވެސް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުދިއުމުން އެއްބަސްވުން ބާތިލުކުރި އެވެ.
ޕީއެންޕީއާ މިއަހަރުގެ މެއި މަހުގެ ތެރޭގައި ހަވާލުކުރީ އާސަހަރާ މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ހެދުމަށެވެ.
މިމަސައްކަތް ހަވާލުކުރީ ގިނަ ވެގެން ދެ މަސް ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން 4.9 މިލިއަން ރުފިޔާ އަށެވެ.
އެއްބަސްވުން ބާތިލްކުރި ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާއާ އެކު މުޅި ޕްރޮޖެކްޓުގެ 53 ޕަސަންޓް ފައިސާ ވަނީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ.