މުހައްމަދު ސައީދު

ވެރިކަމުގެ ފުރަތަމަ އަހަރުވެސް ތަފާތު ފެންނާނެ: ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ އަހަރުގައިވެސް އިގުތިސާދީ ތަފާތު ފެނިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ސައީދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒުގެ ފުރަތަމަ އަހަރުގައިވެސް ނަތީޖާ ފެނިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ އަހަރުވެސް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި އިގުތިސާދީ ތަފާތު ފެނިގެންދާ އަދި ރާއްޖެ މުޅިން އާ ހަރުފަތަކަށް ދިއުމަށް ސިނާއީ ބިންގާއެޅި ނަތީޖާ ފެންނަމުންދާ އަހަރަކަށް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ހަފުތާ 14 ތަފާތު ކަމަށާއި މީގެ ކުރީގެ އެއްހަރާއި ނުބައްދަލު ކަމަށެވެ.

ސައީދު މިހެން ވިދާޅުވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ފުރަތަމަ ޕްރޮޕޯޒަލް ލިބިފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ޕްރޮޕޯޒަލްއަކީ ރިނިއުބަލް އެނާޖީގެ ދާއިރާއިން ސަތޭކަ ދިހަ މެގަވޮޓް ހާސިލުވެގެންދާ އެސްއީޒެޑް ޕްރޮޕޯޒަލް އެކެވެ.

މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ސެކިއުރިޓީއެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލިސްޓްކޮށްފަ އެވެ.