ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 581.2 މިލިއަން ޑޮލަރެވެ.
މިއީ މިއަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 552.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 28.9 މިލިއަން ޑޮލަރު އިތުރުވުމެކެވެ.
ރަސްމީ ރިޒާވް މަހުން މަހަށް
- ޖެނުއަރީ: 790 މިލިއަން ޑޮލަރު
- ފެބްރުއަރީ: 795.8 މިލިއަން ޑޮލަރު
- މާޗް: 764.6 މިލިއަން ޑޮލަރު
- އެޕްރީލް: 756.8 މިލިއަން ޑޮލަރު
- މޭ: 748.2 މިލިއަން ޑޮލަރު
- ޖޫން: 702.2 މިލިއަން ޑޮލަރު
- ޖުލައި: 594.1 މިލިއަން ޑޮލަރު
- އޮގަސްޓް: 694.2 މިލިއަން ޑޮލަރު
- ސެޕްޓެމްބަރު: 592.7 މިލިއަން ޑޮލަރު
- އޮކްޓޫބަރު: 552.3 މިލިއަން ޑޮލަރު
- ނޮވެމްބަރު: 581.2 މިލިއަން ޑޮލަރު
ރަސްމީ ރިޒާވް މިއަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހު އިތުރުވި ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ރަސްމީ ރިޒާވް ވަނީ މިދިޔަ މަހު ދަށްވެފަ އެވެ.
ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު 604.2 މިލިއަން ޑޮލަރު ހުއްޓެވެ.