މާލޭ ސިޓީ ކައުންސިލް

މީހުން ވަޅުލުން ވަގުތީ ގޮތުން އާސަހަރާއަށް

އެންމެފަހުން ކުރި ވިއްސާރައާ ގުޅިގެން ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެން ނުހިނދޭތީ މާލޭގެ އާސަހަރާގައި ވަގުތީ ގޮތުން މީހުން ވަޅުލާން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެން ނުހިނދޭތީ އެ ސަހަރާގައި މީހުން ވަޅު ނުލެވޭ ކަމަށެވެ.

"ހުޅުމާލެ ސަހަރާގައި މިހާރު ފޫޓަކަށް ވަޅު ކޮނެލާއިރަށް ފެން އަރާ. އެހެން މީހުން ވަޅު ނުލެވޭތި ވަގުތީ ގޮތުން އާސަހަރާއަށް ބަދަލުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

އާސަހަރާގައި މީހުން ވަޅުލި ނަމަވެސް މައްޔިތާގެ މޫނު ދެއްކުން އޮންނާނީ ހުޅުމާލެ ސަހަރާގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އާސަހަރާގައި ވަގުތީ ގޮތުން މީހުން ވަޅުލާން ފަށާފައިވާއިރު އާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ އެހެން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ރާއްޖެއަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި މާލެ ސަރަހައްދާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުގެ އެކިވަރުގެ ގެއްލުން ލިބުނެވެ.