ޓޫރިޒަމް

އިއްޔެގެ ނިޔަލަށް 50،000 ފަތުރުވެރިން

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 50،983 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 47،931 ފަތުރުވެރިންނަށްވުރެ 6.4 ޕަސަންޓް އިތުރުވުމެކެވެ. އަދި އެވަރެޖްކޮށް ދުވާލަކު 5،600 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން 7،601 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިޓަލީން 7،204 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިންޑިއާއިން 3،791 ފަތުރުވެރިން އައިއިރު އިނގިރޭސިވިލާތުން 3،753 ފަތުރުވެރިން އައިސްފައިވެ އެވެ.

ޖަރުމަނުން އަހަރުގެ މިހާތަނަށް އައީ 3،178 ފަތުރުވެރިންނެވެ. އެމެރިކާއިން 1،996 ފަތުރުވެރިން ރާއްޖެ އައިއިރު ޗައިނާގެ ފަތުރުވެރިންގެ އަދަދަކީ 1،676 އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އަށްވަނައިގައި އޮތް ފްރާންސުން 1،402 ފަތުރުވެރިން ޒިޔާރަތްކުރިއިރު ކަޒަކިސްތާނުން 1،332 ފަތުރުވެރިން އަދި ސައުދީ އަރަބިއްޔާއިން 1،182 ފަތުރުވެރިން އައިސްފައިވެ އެވެ.