ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އާ ރައީސަކަށް ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އިންތިހާބުކޮށްފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ މަގާމަށް އޭނާ ކާމިޔާބުކުރެއްވީ މިރޭ ބޭއްވި އިންތިހާބުގެ ދެ ވަނަ ބުރުގައި ފުރަތަމަ ބުރުން ވެސް ދެ ވަނަ އަށްދިޔަ އޭއެފްސީގެ ރައީސް ބަހުރޭނުގެ ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ބަލިކުރައްވައިގެންނެވެ.
ދެ ވަނަ ބުރުގައި އިންފަންޓީނޯ އަށް ލިބިވަޑައިގަތީ 115 ވޯޓެވެ. ސަލްމާނަށް ލިބިވަޑައިގަތީ 88 ވޯޓެވެ. މިއީ ކުރިން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވުނު ސަލްމާނަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އޭނާ އިންތިހާބަށް ކުރިމަތިލެއްވީ އޭޝިޔާ އާއި އެފްރިކާގެ ތާއއީދާއެކު ނަމަވެސް މި ދެ ބައްރުގެ ހުރިހާ ގައުމެއްގެ ވޯޓު ލިބިވަޑައިނުގެންނެވި އެވެ.
ފީފާގެ އިންތިހާބު ދެ ވަނަ ބުރަކަށް ދިޔައީ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު ލިބިފައިވާ 207 ގައުމުގެ ތިން ބައިކުޅެ ދެބައި ތާއީދު ލިބިވަޑައިނުގަތުމުންނެވެ. ފުރަތަމަ ބުރުން އިންފަންޓީނޯ އަށް ލިބިވަޑައިގަތީ 88 ވޯޓެވެ. ސަލްމާނަށް 85 ވޯޓެވެ. ޖޯޑަންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް، އަދި ފީފާގެ ކުރީގެ ނާއިބް ރައީސް ޕްރިންސް އަލީ ބިން އަލް ހުސައިނަށް ލިބިވަޑައިގަތީ 27 ވޯޓެވެ. ފްރާންސްގެ ޖެރޯމް ޝެމްޕޭނަށް ލިބިވަޑައިތީ ހަތް ވޯޓެވެ.
ވޯޓުލާން ފެށުމުގެ ކުރިން ކެމްޕޭން ކުރަން ކޮންމެ ކެނޑިޑޭޓަކަށް ދިން 15 މިނިޓް ތެރޭގައި މެމްބަރު ގައުމުތަކާ މުހާތަބް ކުރެއްވުމަށްފަހު ދެކުނު އެފްރިކާގެ ސެކްވާލޭ ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ފީފާގެ އަށް އާ ރައީސަކު މި ހޮވީ މިދިޔަ ޖޫން މަހު ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް އިންތިހާބުވިތާ ތިން ދުވަސް ފަހުން ރައީސް ކަމުން ސެޕް ބްލެޓާ އިސްތިއުފާ ދެއްވަން ނިންމެމުވުންނެވެ. އޭގެ ފަހުން ފީފާއިން ވަނީ ކޮރަޕްޝަނުގެ މައްސަލާގައި އޭނާ ފުޓްބޯޅައިން ހަ އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.
ފީފާގެ އާ ރައީސަށް އެންމެ ގިނަވެގެން ވެސް މަގާމުގައި ހުންނެވޭނީ 12 އަހަރަށެވެ. އެއީ ރައީސަކަށް ދެން ލިބޭނ ހަތަރު އަހަރުގެ ތިން ދައުރު ކަމަށް މިއަދުގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ބަދަލުގެނައުމުންނެވެ.
ނަތީޖާ އިއުލާނުކުރުމުން މެމްބަރު ގައުމުތަކާ ވާދަކޮށް އިންފަންޓީނޯ ބުނީ އޭނާގެ އުފާވެރި އިހުސާސްތައް ބަޔާންކުރަން ވެސް ދަތި ކަމަށެވެ.
އަދި ފީފާ އަށް ޒަމާނީ ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށާއި އެކަމަށް މެމްބަރު ގައުމުތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
އިންތިހާބުގެ ކެމްޕޭން ތެރޭގައި އިންފަންޓީނޯގެ އެންމެ ބޮޑު އެއް ވައުދަކީ ވޯލްޑް ކަޕުގެ ޖާގަ 40 އަސް އިތުރު ކުރުމެވެ.
އޭނާ އަދި ބުނީ ފީފާގެ ފައިސާ އަކީ މެމްބަރު ގައުމުތަކުގެ ފައިސާ ކަމަށާއި އެ ފައިސާ ހެޔޮގޮތުގައި ހަރަދު ކުރަންޖެހޭ ކަމަށެވެ. އަދި އޭނާގެ ޒައާމަތުގައި ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންވިޔަ ނުދޭނެ ކަމަށެވެ. އަދި ފީފާ އޮންނާނީ މެމްބަރު ގައުމުތަކަށް އެހީތެރިވެދޭ ބައެއްގެ ގޮތުގައި ކަމަށެވެ.