ހުއްދަ ރުގްޔާގެ ނަމުގައި ފަންޑިތަ ހެދުމަށް ސިހުރުވެރިންގެ ގާތަށް ނުދިއުމަށް ފިގްހު އެކަޑަމީން އިލްތިމާސްކޮށްފި އެވެ.
ފިގްހު އެކަޑަމީން ނެރުނު އިއުލާނެއްގައި ބުނީ ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ހުއްދަ ރުގްޔާގެ ނަމުގައި ފަންޑިތަައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމެއް ކަމަށެވެ.
މީގެ އިތުރުން މި ފަހަކަށް އައިސް ރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ފިގްހު އެކަޑަމީން ވަނީ ފާހަގަކޮށްފަ އެވެ.
ފިގްހު އެކަޑަމީން ވަނީ ހަބަރު ފަތުރާ ފަސީލަތްތަކުން އެފަދަ ތަކެތި ނުފޮނުވުމަށްވެސް އިލްތިމާސްކޮށްފަ އެވެ.