ޓޫރިޒަމް

ތިން ހަފުތާ ތެރޭގައި 128،000 ފަތުރުވެރިން

ރާއްޖެއަށް މި އަހަރުގެ ފުރަތަމަ ތިން ހަފުތާގައި 128،548 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.6 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 115،187 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ 14،495
  • އިޓަލީ 13,965
  • ޔޫކޭ 10,689
  • ޗައިނާ 10,113
  • އިންޑިއާ 9،744
  • ޖަރުމަނު 8،013
  • އެމެރިކާ 4،857
  • ފްރާންސް 4،471
  • ޕޮލެންޑް 3،685
  • ކަޒަކިސްތާން 2،717

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެވަރެޖްކޮށް ދުވާލަކު 6،121 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. އަދި އެވަރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 176 ރިސޯޓާއި 809 ގެސްޓްހައުސް އާއި 140 ސަފާރީ އަދި 15 ހޮޓާ ދަނީ ބޭނުން ކުރަމުންނެވެ.