ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވޯޓު ލިސްޓަށް 746 ޝަކުވާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު 746 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވީ އިއްޔެ ހަވީރު 3:00 އަށެވެ.

ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް

  • އެޑްރެސް ބަދަލުވެގެން 450 ޝަކުވާ
  • މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމުން 225 ޝަކުވާ
  • ވޯޓުލެވޭ ދާއިރާ ބަދަލުވެގެން 40 ޝަކުވާ
  • ލިސްޓުގައި ނަން ނެތިގެން ފަސް ޝަކުވާ
  • އައިޑީކާޑުގައިވާ މައުލޫމާތު ބަދަލުވެގެން އެއް ޝަކުވާ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްލަ 284،372 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މި އިންތިހާބުގައި ވާދަކުރަން މިމަހުގެ 31 އިން އަންނަ މަހުގެ 14 އަށް ފުރުސަތު ހުޅުވާލާއިރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.