ޓޫރިޒަމް

ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައަށް ޗައިނާ

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައަށް ޗައިނާ އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަތުރުވެރިިކަމުގެ މާކެޓްގެ އެއްވަނައިގައި ކުރިން އޮތް ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު ޗައިނާ އެއްވަނައަށް އެރީ 23،972 ފަތުރުވެރިންނާއެކު އެވެ.

ރާއްޖެއަށް މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 214،470 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 11.2 ޕަސަންޓަކީ ޗައިނާ ފަތުރުވެރިންނެވެ. މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ޗައިނާ އޮތީ މާކެޓްގެ ތިން ވަނައިގަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 23،972 ފަތުރުވެރިން
  • ރަޝިއާ - 21،989 ފަތުރުވެރިން
  • އިޓަލީ - 21،321 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 18،078 ފަތުރުވެރިން
  • އިންޑިއާ - 16،536 ފަތުރުވެރިން
  • ޖަރުމަނު - 12،842 ފަތުރުވެރިން
  • ފްރާންސް - 7،624 ފަތުރުވެރިން
  • އެމެރިކާ - 7،452 ފަތުރުވެރިން
  • ޕޮލެންޑް - 6،063 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 4،211 ފަތުރުވެރިން

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.3 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 189،332 ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައަށް ޗައިނާ އަރާފައި މިވަނީ އެ މަގާމު ހޯދުމަށް ޗައިނާއިން ކުރާ މަސައްކަތް ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވަނިކޮށެވެ.