އުރީދޫ

އަތޮޅު ދުވުން ގޭމް ކުޅެގެން ސެމްސަންގް ގެލެކްސީ އެސް24 ފޯނެއް

ސެމްސަންގް ގެލެކްސީ އެސް24 ފޯނެއް --
0%
0%
0%

އުރީދޫ މޯލްޑިވްސް އިން 2024ގެ ކަލަންޑަރާއެކު ތައްޔާރުކުރި ގޭމް "އަތޮޅު ދުވުން" ގައި ފެބްރުއަރީ މަސް ނިމޭއިރު ލީޑާބޯޑުގެ އެއްވަނައަށްދާ މީހަކަށް ސެމްސަންގް ގެލެކްސީ އެސް24 އަލްޓްރާ ފޯނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރާއެކު ތައްޔާރުކުރި ގޭމް "އަތޮޅު ދުވުން" ގައި ފެބްރުއަރީ އަޕްޑޭޓާއެކު ވަނީ ލީޑަބޯޑު ތައާރަފުކޮށްފަ އެވެ.

މިއާއެކު މިހާރު އަތޮޅު ދުވުން ކުޅޭ މީހުންގެ މެދުގައި ލީޑާބޯޑު މެދުވެރިކޮށް އެންމެ މަތީ ޕޮއިންޓް ލިބޭ 10 މީހުން ފެންނަން ހުންނާނެ އެވެ.

މީގެ އިތުރުން އުރީދޫ އިން މިއަދު ވަނީ އަތޮޅު ދުވުމުގެ ޕާޓްނަރަކަށް ސެމްސަންގް ހަމަޖެހުނުކަން އިއުލާނުކޮށްފަ އެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ.

އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ފެބުރުވައީ މަހު އަތޮޅު ދުވުން ގޭމުން ފެނިގެން ދާނީ ހދ. ކުޅުދުއްފުއްޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345