ފިނޭންސް މިނިސްޓްރީ

ރާއްޖޭގެ ޖުމްލަ ދަރަނި 124 ބިލިއަން ރުފިޔާއަށް

ރާއްޖޭގެ ޖުމްލަ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 124 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ ރާއްޖޭގެ ޖުމްލަ ދަރަނި އުޅެނީ 124 ބިލިއަން ރުފިޔާގަ އެވެ.

ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 115.9 ޕަސަންޓްގަ އެވެ.

ދަރަނީގެ ހިއްސާ ބެހިފައިވާ ގޮތް

  • އެތެރޭގެ ދަރަނި: 73 ބިލިއަން ރުފިޔާ
  • ބޭރުގެ ދަރަނި: 51 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ނިމުނުއިރު ޖުމްލަ ދަރަނި ހުރީ 108.4 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގެ ދަރަނި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ހުރީ 113.6 ބިލިއަން ރުފިޔާގަ އެވެ. ދެވަނަ ކުއާޓަރު ނިމުނުއިރު ދަރަނި ހުރީ 118.6 ބިލިއަން ރުފިޔާގަ އެވެ. އަދި ތިން ވަނަ ކުއާޓަރު ނިމުނުއިރު ހުރީ 121 ބިލިއަން ރުފިޔާގަ އެވެ.