ޓޫރިޒަމް

ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް އިޓަލީ

އިޓަލީން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ނިޔަލަށް އިޓަލީވިލާތުން ޖުމްލަ 23،749 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 236،730 ފަތުރުވެރިންގެ ތެރެއިން 10 ޕަސަންޓެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 13.7 ޕަސަންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 28،304 ފަތުރުވެރިން
  • އިޓަލީ - 23،749 ފަތުރުވެރިން
  • ރަޝިއާ - 23،399 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 19،897 ފަތުރުވެރިން
  • އިންޑިއާ - 17،794 ފަތުރުވެރިން
  • ޖަރުމަނު - 14،558 ފަތުރުވެރިން
  • ފްރާންސް - 8،302 ފަތުރުވެރިން
  • އެމެރިކާ - 7،997 ފަތުރުވެރިން
  • ޕޮލެންޑް - 6،629 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 5،130 ފަތުރުވެރިން

ރާއްޖެއަށް އެވަރެޖްކޮށް މިހާރު ދުވާލަކު 6،398 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މިވަގުތު 175 ރިސޯޓާއި 816 ގެސްޓްހައުސްގެ އިތުރުން 140 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ބޭނުން ކުރަމުންނެވެ.