ރައްޔިތުންގެ މަޖިލިސް

ފުރަތަމަ ދައުރަށް ސަރުކާރުން 24 ބިލެއް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން 24 ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ރ. ގައި މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާއެކު ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހުގެ ރައީސަށް ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

"އެ މާއްދާގެ ދަށުން މިދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ހުރި ބިލުތަކުގެ ލިސްޓެއް 12 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ލިބިފަ. އެ ލިސްޓުގައި 24 ބިލެއް ހިމަނުއްވާފައިވޭ،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މި ދައުރަށް ސަރުކާރުން ހުށަހެޅި ބިލުތައް

  • ބިމުގެ ބިލު
  • ބޯހިޔާވަހިކަމުގެ ބިލު
  • ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
  • އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލު
  • ނަފުސާނީ ސިއްހަތުގެ ބިލު
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކޮޕީރައިޓް އާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އިސްލާހު ގެނައުމުގެ ބިލު
  • ދަތުރުރާވާ ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު
  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓްގެ ބިލު
  • ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  • ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނީ ފަނުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  • ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މީޑިއާ ކޮމިޝަންގެ ބިލު
  • ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

އެ ބިލުތަކުގެ ލިސްޓު މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށާއި ލިސްޓު މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.