ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން އެހެން ވޯޓު ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ހުޅުލެ-1 ވޯޓުފޮށީގެ އިތުރުން 17 ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ވޯޓު ފޮށި ނުބަހައްޓާ ތަންތަން
- ނ. މެދުފަރު އައިލެންޑް - ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)
- ރ. މާމުނަގައު - އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)
- ރ. ބޮޑުފުށި - ޖޯލި ބީންގް (ރ. ބޮޑުފުށި)
- ބ. ފޮނިމަގޫދޫ - ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)
- ބ. ކަނުފުށި - ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)
- ޅ. ކުރެއްދޫ - ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)
- ޅ. ކަނިފުށި - އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
- ކ. އޮޅުވެލި - ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)
- ކ. ކަނޑޫމާފުށި - ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)
- ކ. ކަނުއޮތްހުރާ - ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)
- ކ.ހެލެގެނލި - އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)
- ކ. ލަންކަންފިނޮޅު - ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)
- އދ. މޫފުށި - ކޮންސްޓެންސް މޫފުށި (އދ. މޫފުށި)
- ދ. އޮޅުވެލި އެންޑް އެނބޫދޫފުށި - ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)
- އދ. ދިއްދޫ ފިނޮޅު - ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް( އދ. ދިއްދޫ ފިނޮޅު)
- ބ. މިލައިދޫ - މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )
- އއ. ފެސްދޫ - ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ)
- ހުޅުލެ - ހުޅުލެ-1
- އިންޑިއާ - ޓްރިވެންޑްރަމް
- ތައިލެންޑް - ބެންކޮކް
- އިނގިރޭސިވިލާތް - ލަންޑަން
- ޔޫއޭއީ - އަބޫދާބީ
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން މިހާރު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ ހަވީރު 4:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް މަޖިލިސް އިންތިހާބު ރޯދައަށްފަހު ބޭއްވުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.