ރައްޔިތުންގެ މަޖިލިސް

ތައިލެންޑަށް އެކްސްޕޯޓްކުރާ ގަނޑުކުރި ކަޅުބިލަމަހުގެ ޝިޕްމަންޓަކުން ހަ ޕަސަންޓް ރިޖެކްޓްވޭ: ޝިޔާމް

ތައިލެންޑަށް އެކްސްޕޯޓްކުރާ ގަނޑުކުރި ކަޅުބިލަމަހުގެ ޝިޕްމަންޓަކުން ހަ ޕަސަންޓް ރިޖެކްޓްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ތައިލެންޑަށް އެކްސްޕޯޓްކުރާ ގަނޑުކުރި ކަޅުބިލަމަހުން ރިޖެކްޓްވާ މިންވަރުގެ ތަފުސީލާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.

"މިފްކޯއިން އަޅުގަނޑުމެންނަށް ހިއްސާކުރެވިފައިވާ ކަރުދާސްތަކުން ހައެއް އިންސައްތަ ރިޖެކްޝަންގެ ގޮތުގައި އެބަހުރޭ ޝިޕްމަންޓަކުން،" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯއާއެކު މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ރިޖެކްޝަން މިންވަރު ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިފްކޯއަށް ހުރި ގޮންޖެހުން ހުރި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ފިޝަޒީޒް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެހެންކަމުން އިތުރު ބަޔަރުން (ގަންނަ ފަރާތް) އަޅުގަނޑުމެން ހޯދުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުން ދެކިގެން މިހާރު އެ މަސައްކަތްތައް ސަރުކާރާއި އެކީގައި މިފްކޯ ކުރަމުންދާކަން ފާހަގަކުރަން،" ޝިޔާމް ވިދާޅުވި އެވެ.