ލ. ގަން

ގަމުގެ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ލ. ގަމުގެ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ލ. ގަން މަތިމަރަދޫ ފޮއްތޭ ހަޓް އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 12:15 ހާއިރު ކަމަށެވެ.

މި މީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މީހާގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.