މޯލްޑިވްސް ޕޮލިސް ސާވިސް

އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ވައްކަން އަދި ހުއްދަނެތް ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަހުމަދު ނިއުޝަމް (34އ) އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އިސްލާމިކް މަރުކަޒުގައި ތަޅުލާފައި ހުންނަ ގުދަނެއްގެ ތެރެއަށް ފާރުމަތިން އަރައިގެން މީހަކު ވަދެ އުޅޭ ކަމަށާއި އެ މީހާ އެތަނުގެ ސެކިއުރިޓީން ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން އެތަނަށް ދިޔައިރު އެތަނުގައި ހިފަހައްޓާފައިހުރީ އަހުމަދު ނިއުޝަމް ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.