މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކޮށްފި

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ގެ ނަމުގައި ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް އިފްތިތާހުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އިސްކޮށް ހުންނަވައިގެން އުފެއްދެވި މި އެސޯސިއޭޝަން އިފްތިތާހުކޮށްފައިވަނީ ބީހައިވް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ އަމީތު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ އެސޯސިއޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ މަސްލަހަތުގައި އެމްޓީއޭއިން ވަކާލާތުކުރާނެ ކަމަށްވެސް އަމީތު ވިދާޅުވި އެވެ.

އެމްޓީއޭއިން ބުނީ ސަރުކާރާއި ވިޔަފާރިވެރިން ގުޅުވައި ދިނުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް އެމްޓީއޭ އިން ބުނެ އެވެ.