ރައީސް އޮފީސް

ރޯދަ މަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

މި އަހަރުގެވެސް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފި އެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައި މާޗް 6، 2022 ގައި އެކަމާބެހޭ ދެންނެވުމެއް ވަނީ ނެރެފަ އެވެ.

ރޯދަ މަހުގެ ދުވަސްތަކުގައި ކަނޑައަޅާފައިވާ ރަސްމީ ވަގުތުގެ ތެރޭގައި މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަށްވެސް ރައީސް އޮފީހުން ވަނީ އޮފީސްތަކަށް އަންގާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ 11 ވަނަ ދުވަހެވެ.