ޓޫރިޒަމް

ދެ ލައްކަ ޓޫރިސްޓުންނާއެކު އެންމެ ގިނަ ފަތުރުވެރިން މިމަހު

ރާއްޖެއަށް މި މަހު ދެ ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހު ޒިޔާރަތްކުރި ދެ ލައްކަ ފަތުރުވެރިންނާއެކު އަހަރުގެ މިހާތަނަށް 392،389 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 339،261 ފަތުރުވެރިންނަށްވުރެ 15.7 ޕަސަންޓް އިތުރުވުމެކެވެ

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 52،709 ފަތުރުވެރިން
  • ރަޝިއާ - 37،877 ފަތުރުވެރިން
  • އިޓަލީ - 37،393 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 34،798 ފަތުރުވެރިން
  • އިންޑިއާ - 25،751 ފަތުރުވެރިން
  • ޖަރުމަނު - 24،253 ފަތުރުވެރިން
  • ފްރާންސް - 15،506 ފަތުރުވެރިން
  • އެމެރިކާ - 12،615 ފަތުރުވެރިން
  • ޕޮލެންޑް - 9،938 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 8،718 ފަތުރުވެރިން

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،160 ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 830 ގެސްޓްހައުސްގެ އިތުރުން 140 ސަފާރީ އަދި 15 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ހުރި އެނދުގެ އަދަދަކީ 61،831 އެވެ.