ރައީސް އަބްދުﷲ ޔާމީން

ބަނދަރު ހުޅުވަަން ރައީސް މިއަދު އުތީމާއި ވަށަފަރަށް

ހއ. އަތޮޅުގެ ދެ ރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ފުރާވަޑައިގަންނަވާނެ އެވެ. ރައީސް ވަޑައިގަންނަވަނީ ހއ. އުތީމަށާއި ވަށަފަރަށެވެ.

ރައީސް އޮފީހުން ބުނީ ރައީސް ހއ. އަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނީ މިއަދު 11:00 ޖަހާއިރު ކަމަށާއި ރައީސްގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

އުތީމަށާއި ވަށަފަރަށް ރައީސް ވަޑައިގަންނަވަނީ އެ ދެ ރަށުގެ ބަނދަރު ހުޅުވައިދެއްވުމަށެވެ. ރައީސް ވަނީ މިދިޔަ ޑިސެމްބަރު މަހު ވެސް އުތީމަށް ވަޑައިގެންފަ އެވެ. އެއީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށެވެ. އެ ދަތުރުފުޅުގައި އުތީމު ބަނދަރު ސަރައްދުގައި ހަދާފައިވާ ކަޅުއޮއްފުންމީގެ ހަނދާނީ ބިނާ ރައީސް ވަނީ ހުޅުވައިދެއްވާފަ އެވެ.

ފަހަކަށް އައިސް ރައީސް ގެންދަވަނީ އަތޮޅުތަކަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ. އަދި ރަށްރަށުގައި މަޝްރޫއުތައް ފައްޓަވައި ދެއްވައި، މަޝްރޫއުތައް ހުޅުއްވައިދެއްވާފައިވެ އެވެ.