ކްރިމިނަލް ކޯޓް

ޝިފާޒުގެ ބަންދަށް 10 ދުވަސް ޖަހައިފި

ފުލުހުންނާ ކުރިމަތިލުމުން އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

އިއްޔެ ޝިފާޒް ހައްޔަރު ކޮށްފައިވަނީ ޖަސްޓިސް ބިލްޑިން ކައިރިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުންނާ ކުރިމަތިލައިގެނެވެ. ފުލުހުންގެ އަމުރަށް ނުކިމަންތެރިވެގެން މީގެ ކުރިން ވެސް ޝިފާޒް ވަނީ ހައްޔަރުކޮށްފަ އެވެ.

ދިހަ ދުވަހަށް ޝިފާޒް ހައްޔަރު ކޮށްފައިވާއިރު ފުލުހުންގެ އަމުރަށް ނުކިޔަމެންތިވެގެން މަޖިލިސް މެންބަރު އަލީ އާޒިމް ވަނީ 3000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި ފުލުހުންނަށް ފިލަން އުޅުނު ކަމަށް ބުނެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ވެސް ވަނީ ވަނީ ދައުވާ އުފުލައި ޝަރީއަތް ފަށާފަ އެވެ.