އުރީދޫ

މި ރޯދަމަހުވެސް އުރީދޫގެ ފަރާތުން ކަސްޓަމަރުންނަށް ހަދިޔާފޮށި

އުރީދޫ މޯލްޑިވްސް އިން މި ރޯދަ މަހު ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާއެކު ހާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފި އެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާ ގުޅުވައިގެން އުރީދޫ މޯލްޑިވްސް އިން ދަނީ ކަސްޓަމަރުންނަށް ގިނަ ކަންތައްތަކެއް ގެނެސްދެމުންނެވެ.

އެގޮތުން މިއަހަރުވެސް އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް ރޭވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހަދިޔާފޮށި

އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރު ތައާރަފު ކުރި ހަދިޔާފޮށި ވެގެން ދިޔައީ ކަސްޓަމަރުންގެ ތެރޭގައި މަގުބޫލު ޕްރޮމޯޝަނަކަށެވެ.

މިގޮތުން މިއަހަރުވެސް ކަސްޓަމަރުންނަށް ހަދިޔާފޮށީގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ސުޕައެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނޭ ކަމަށް އުރީދޫން ބުނެ އެވެ.

ހަދިޔާތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗާ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެ އެވެ.

ރޯދަ ހަދިޔާ

މި ޕްރޮމޯޝަންގައި 500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 ޕަސަންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާގައި ބައިވެވޭނެ އެވެ.

ގިފްޓް އަ ޕެކް

ރޯދަ މަހުގެ ތެރޭގައި ފެށޭ މިއޮފާގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެ އެވެ.

ސުޕަނެޓު އެކްޓިވޭޓް އެންޑް ވިން

އަލަށް ސުޕަނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ. ކޮންމެ ހަފްތާއަކު ގްރޭޓާ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އިފްތާރު ޕެކް ހަދިޔާ ކުރުން

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެ އެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށެވެ.

ޕްރޭޔަ އެލާޓް

އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެ އެވެ. މި ހިދުމަތަށް އިތުރު އަގެއް ނުނަގާނެ އެވެ.

ފިތުރު ޒަކާތް

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދައްކާލެވޭނެ އެވެ.

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްގެ މިރޯދަމަހު ތައާރަފު މިކުރާ ސީ.އެސް.އާރު ޕްރޮގްރާމް "އިސްރަށްވެހިންނާއި އެކު" މި ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން މި ރޯދަމަހުގެ ތެރޭގައި އިތުރަށް ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އިސްރަށްވެހިންނާއެކު ރޯދަ ވީއްލުން ހިމެނެ އެވެ. އެގޮތުން ޒުވާނުންނަށް އިސްރަށްވެހިންނާއެކު ރޯދަ ވީއްލައި ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަ ވީއްލުމެއް ބޭއްވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މީގެ އިތުރުން ރޯދަ ކުއިޒްގެ ނަމުގައި އުރީދޫން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. މިއީ ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.

އުރީދޫ އަތޮޅު ދުވުން ލީޑަބޯޑުގެ އެއްވަނައަށްދާ މީހަކަށް ދެ މީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ވަނީ ހުށަހަޅާފަ އެވެ.

އުރީދޫ ރޯދަމަހުގެ އޮފާތަކާއި ގުޅޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބޭނެ އެވެ.