މާލޭ ސިޓީ ކައުންސިލް

މަގު މައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާކޮށްފި

މާލޭގެ މަގެއްގެ މައްޗަށް ކުނި އެޅި މީހަކު ހޯދާ އެ މީހާ ޖޫރިމަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މަގުމަތީ ކުނި ބެހެއްޓި މީހާ ހޯދީ މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެންނެވެ.

އެ މީހާ ހޯދާ ފުލުހަށް ހާޒިރުކޮށް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.

މާލޭގެ މަގުމައްޗަށް ކުނި އަޅަމުންދާ ކަމަށް ފާހަގަވާ މީހުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ އެކަނިވެސް މާލޭގެ މަގުމަތިން 42.15 ޓަނުގެ ކުނި ވަނީ ނަގާފަ އެވެ. މި އަދަދާއެކު ފާއިތުވި 18 ދުވަސް ތެރޭގައި މާލެ ތެރެއިން 305.6 ޓަނުގެ ކުނި ނެގިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.