ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ރައީސް ހުންނެވި ޖަލްސާއަކަށް ބިސް ޖަހައިފި

ރައީސް ހުންނެވި ޖަލްސާ ކުރިއަށް ދިޔަ ސަރަހައްދަށް ބިސް ޖަހާފައި -- ފޮޓޯ: ޝަފްރާޒް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ޖަލްސާއަކަށް ބަޔަކު ބިސް ޖަހައިފި އެވެ.

ރައީސް މިރޭ ބައިވެރިވެވަޑައިގަންނަވަމުން ދިޔައީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ މުހައްމަދު ޝާހިދުގެ ކެމްޕޭން ޖަލްސާ ގައެވެ.

ސްޓެލްކޯ ހެޑް އޮފީސް ކުރިމައްޗަށް އޮންނަ ކަށިމާ ހިންގުމުގައި ކެމްޕޭން ޖަލްސާ ހިނގަމުން ދަނިކޮށް ބިސް ޖެހީ އެ ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދުގައި ހުރި ގެއަކުން މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.

ރައީސް ހުންނެވި ޖަލްސާ ކުރިއަށް ދިޔަ ސަރަހައްދަށް ބިސް ޖެހުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ޝަފްރާޒް

ބިސް ޖެހި ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އެނގިފައެއް ނުވެ އެވެ.

ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދަށް ބިސް ޖެހުމާ ގުޅިގެން އެ ސަރަހައްދަށް އިތުރު ފުލުހުން ގޮސް ސަލާމަތީ ކަންކަން ބަލަހައްޓާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345