އުރީދޫ

ފިތުރު ޒަކާތް ދެއްކުމަށް އުރީދޫ އެމް-ފައިސާ

އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލައިގެން ފޯނުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

އެ ގޮތުން އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެގުމަށްފަހު ފިތުރު ޒަކާތް ބެނާ އަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ހިޔާރުކޮށް ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލެވޭނެ އެވެ.

ފައިސާ ދެއްކުމަށް އެމްފައިސާ ހިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލުމަށްފަހު އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކި ކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލީ ރޯދަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެމް-ފައިސާ މެދުވެރިކޮށް އެޕްރީލް ހަ ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.