އެއާ އެމްބިއުލާންސް

އެއާ އެމްބިއުލާންސްގައި ފުރަތަމަ މަހު 66 ދަތުރުކޮށްފި

އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ ބޯޓެއް -- ފޮޓޯ: މޯލްޑިވިއަން
0%
0%
0%

ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް ތައާރަފުކޮށް އަވަސް ފަރުވާއަށް ބަލިމީހުން އުފުލުމަށް ފުރަތަމަ މަހު އެކަނިވެސް 66 ދަތުރުކޮށްފި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމުންދާ ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ބުނީ ހާލު ދެރަ ބަލި މީހުން އަވަސް ފަރުވާއަށް މާލެ ގެނައުމަށް މާޗްމަހު 66 ދަތުރުކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއެކު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ. މާޗް މަހުގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މޯލްޑިވިއަންގެ ސީޕްލޭނެއް ބޭނުންކުރަން ވަނީ ފަށާފަ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ ސީޕްލޭން -- ފޮޓޯ: މޯލްޑިވިއަން

އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވާއިރު ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ.

ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ވަނީ ތަމްރީންކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910