ގދ. ތިނަދޫ

ތިނަދޫން ކަރަންޓް ކެނޑިއްޖެ

ގދ. ތިނަދޫއިން ކަރަންޓު ކެނޑިއްޖެ އެވެ. އެ ރަށުން އެއްކޮށް ކަރަންޓު ކެނޑިފައިވަނީ މީގެ 45 މިނެޓެއްހާއިރު ކުރިންނެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ، މީގެ 45 މިނެޓެއްހާއިރު ކުރިން ރަށުން އެއްކޮށް ކަރަންޓު ކެނޑިގެން ދިޔަ ނަމަވެސް މިހާރު ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ކަރަންޓު ނުލިބި އޮތް ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ތިނަދޫއިން އިންޖީނުގެއާ ހަވާލާދީ އަހުމަދު ނަސީރު ވިދާޅުވީ، ތިނަދޫއިން ކަރަންޓު ކެނޑުނީ އޯވާ ލޯޑުވެގެން ކަމަށެވެ.

ތިނަދޫ އިންޖީނުގޭގައި ރޯކޮށްލުމާ ގުޅިގެން އެ އިންޖީނުގެ އެއްކޮށް އަނދާ، ހުރިހާ އިންޖީނެއް ހަލާކުވެފައިވާއިރު މިހާރު އެ ރަށަށް ކަރަންޓު ދެމުން ގެންދަނީ މާލެއިން ގެންދިޔަ ޖަނަރޭޓަރެއްގެ އެހީގަ އެވެ. އެފަހަރު ތިނަދޫއަށް ކަރަންޓު ދެވުނީ ފަސް ދުވަހަށްފަހު އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ތިނަދޫގެ ކަރަންޓު ނުލިބިވާ ސަރަހައްދަށް ކަރަންޓު ދެވޭނެ ވަކި ވަގުތެއް ފެނަކައިން އަންގާފައިނުވީ ނަމަވެސް އިންޖީނުގޭގެ މުއައްޒަފުން ދަނީ އެކަމަށް މަސައްކަތް ކުރަމުން ކަމަށެވެ.