ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އަނާރާގެ ދެކަނބަލުން ވެސް ގޮނޑި ކާމިޔާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމުގެ ދެކަނބަލުން ވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.

އަނާރާ މި ފަހަރު އަމިއްލަ ގޮތުން ވާދަކުރެއްވީ ހުރާ ދާއިރާ އަށެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނާރާއަށް 769 ވޯޓު ލިބިފައިވެ އެވެ. އެ ދާއިރާއިން ދެން އެންމެ ގިނަ ވޯޓު ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ވާރިސް އަށެވެ. އޭނާއަށް 686 ވޯޓު ލިބިފައިވެ އެވެ.

އަނާރާގެ ފިރިކަލުން އާދަމް ޝަފީގު ވާދަކުރެއްވީ މަކުނުދޫ ދާއިރާއަށެވެ.

އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް ޝަފީގަށް 1،709 ވޯޓު ލިބިފައިވެ އެވެ. މަކުނުދޫ ދާއިރާއަށް ދެން ވާދަކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރާއީ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އިމްރާން އަބްދުﷲ އަށް 1،085 ވޯޓު ލިބުނުއިރު ރާއީއަށް ލިބުނީ 865 ވޯޓެވެ.